ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
މުއްދަތު ހަމަވެފައިވާ ކާޑަށް ޚިދުމަތް ދިނުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

ކޮވިޑް-19 ގެ ބަލި ފެތުރުން އިތުރުވަމުންދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެދާނެ ތަންތަންކަމަށް އެޗް.ޕީ.އޭ އިން  ފާހަގަކޮށްފައިވުމާއެކު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަކީ ދިވެހި ރައްޔިތުންގެ އައި.ޑީ ކާޑު ހަދައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށްވުމުން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން މިޑިޕާޓްމަންޓަށް ހާޟިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފީމެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

މިގޮތަށް ހަމަޖެއްސުމުން ޢާއްމު ރައްޔިތުންނަށް އައި.ޑީ ކާޑު މެދުވެރިކޮށް ޚިދުމަތް ދެއްވާ އެއްމެހައި މުވައްސަސާތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި މި އިޢުލާނަށް ރިޢާޔަތް ކުރައްވާ ޚިދުމަތްތައް ފޯރުކޮއްދެއްވުމަށް ދެންނެވީމެވެ. ކާޑުގެ މުއްދަތު އިތުރުކޮށް އިޢުލާނުކުރި ކަމުގައި ވިޔަސް ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ޖަނަވަރީ 2022
ހޯދާ