ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން

މަޤާމު: ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި: ދާޢިމީ (3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު)

ވަޒީފާ އަދާކުރަން ޖެހޭ ތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިދާރާ

މުސާރަ: 10,000.00ރ. (ދިހަހާސް) ރުފިޔާ

ސަރވިސް އެލަވަންސް: 3,500.00ރ. (ތިންހާސް ފަސް ސަތޭކަ) ރުފިޔާ

ހާޒިރީ އެލަވަންސް: 1,500.00ރ. (ފަނަރަސަތޭކަ) ރުފިޔާ. މިފައިސާދޭނީ ހާޒިރުވާ ކޮންމެ ދުވަހަކަށް އެދުވަހަކަށް ޖެހޭ ފައިސާދޭ އުޞޫލުންނެވެ.

އެހެނިހެން އެލަވަންސްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހަމަޖެހިފައިވާ އުޞޫލުން ފޯން އެލަވަންސް.
  3. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެސޯސިއެޝަންގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  2. އެސޯސިއޭޝަނުން އެކުލަވާލާފައިވާ ޕްލޭންތައް ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުމާއި، އެ ޕްލޭންތައް އޮޕަރޭޝަނަލައިޒްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  3. އެސޯސިއޭޝަނުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.
  4. އެސޯސިއޭޝަންގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ، ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމާއި އެސޯސިއޭޝަންގެ އަހަރީ ރިޕޯރޓްތައް ތައްޔާރު ކުރުމުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް އިންތިޒާމް ކުރުން.
  5. އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައިވާ ކަންކަން ޙާޞިލްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  6. އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ނިންމާ ނިންމުންތައް އިސްވެރިންގެ ލަފާގެމަތިން ތަންފީޒުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
      • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
      • މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
      • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަޤާމަށް މަޤާމަށް އެންމެ ޤާބިލް މީހަކު ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރަން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާ ކުރެވޭ އިންޓަރވިއުއަށް ބަލާފައެވެ. މިގޮތުން މިބައިތަކަށް މާރކްސް ކަނޑައެޅިފައިވަނީ:

  1. ތަޢުލީމާ ތަމްރީނު.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. ޕްރެޒެންޓޭޝަން.
  4. އިންޓަރވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އެޑްރެސް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

  • ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާއިރު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2022 ޖަނަވަރީ 30 އާއި 2022 ފެބްރުވަރީ 10 އާއި ދެމެދު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައެވެ.

މަޢުލޫމާތު ސާފުކުރުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323429 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

23 ޖަނަވަރީ 2022
ހޯދާ