ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ގަތުމަށް (2 ވަނަ ފަހަރަށް ކުރާ އިޢުލާން)

 

 

ނައިފަރު ކައުންސިލް އިން ފޯރުކޮށްދޭ ސްޕެސިފިކޭޝަން ގައިވާ ގޮތަށް ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ 6620068 އަދި 6620165 މިނަންބަރު ތަކާއި ގުޅުއްވައިގެން އަދި [email protected] [email protected] މި ދެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

  

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހު 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ނަމަ ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ގަތުމާއި ގުޅޭ ޕްރޮޕޯސަލް" ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލްތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

20 ޖަނަވަރީ 2022
ހޯދާ