ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ކޮމެޓީއަށް ޢާންމުންގެ ތެރެއިން ނަގާ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު

 

ކޮޅުމަޑުލު ވިލުފުށިން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކުލަވާލާ ގޯތި ކޮމެޓީއަށް ޢާންމުންގެ ތެރެއިން ނަގާ މެންބަރުންނަށް ބޭނުންވާ އަދަދަށް، އަދި ކޮމިޓީގެ މެންބަރުންގެ ކިބައިގައި ހުންނަޖެހޭ ޝަރުޠުތައް ފުރިހަމަވާ މީހުން ކުރިމަތިލާފައި ނުވާތީ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅިގެން ޢާންމުންގެ ތެރެއިން އެއްވެސް ފަރާތަކުން ކުރިމަތިނުލައިފިނަމަ، ނުވަތަ ބޭނުންވާ އަދަދަށް ކުރިމަތިނުލައިފިނަމަ، 03 (ތިނެއް) މެންބަރުން ހަމަކުރާނީ، ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލުން ކަނޑައަޅާ ޢާންމު 03 (ތިނެއް) މެންބަރުން ހިމަނައިގެންނެވެ.

 

ބޭނުންވާ އަދަދު:

03

މަސައްކަތް ކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ، ތ.ވިލުފުށި

ކޮމެޓީ އެލަވަންސް:

-/125 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)

މައިގަނޑު މަސްއޫލިއްޔަތުތަކާއި ޒިންމާތައް:

  1. ގޯތި ދޫކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގެ 15 ވަނަ މާއްދާގައިވާ ހައުސިންގ ކްރިޓީރިއާއި އެއްގޮތްވާ ގޮތުގެމަތީން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުން
  2. ގޯތi ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓާއި ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައި ޖަވާބުދިނުން
  3. ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ގުރުއަތުލާންޖެހޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމުގެ މަސައްކަތް ކުރުން
  4. ސުނާމީއާއި ގުޅިގެން ވިލުފުށީގައި އަޅާފައިވާ ގެތަށް އާއިލާގެ މެދުގައި މަޝްވަރާކޮށްގެން، ތަރިކައިން ނުވަތަ ގޯތި ދޫކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގެ ތެރެއިން ދޫކޮށްލާއިރު، ގެ ލިބޭފަރާތެއްގެ އަނބި/ފިރިމާހާ އަށް ގޯއްޗެއް ނުލިބޭނެކަން ކަށަވަރުކުރުން
  5. ސުނާމީގެ ފަހުން ލިބިފައިވާ ގެ/ގެތަކުގެ ރަޖިސްޓީކުރުމުގެ މަރުހަލާ ނުނިމޭނަމަ، ސުނާމީފަހުން ޢާއިލާއަށް ލިބިފައިވާ ގެ/ގެތައް ވާރުތަވެރީންނަށް ގެއްލިގެން ދާނަމަ އެ ގެ/ގެތައް ލިބޭނެ ފަރާތެއް ކަނޑައެޅުމަށް އެ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ދޭންޖެހޭ މަޢުލޫމާތު ކައުންސިލަށް ފޯރުކޮށްދިނުން
  6. އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ، ކަމާގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުނުވާ ގޮތެއްގެމަތިން އެކަމެއްގައި ޢަމަލުކުރުމަށް ފެންނަގޮތެއްގެ ލަފާ ކައުންސިލަށް އެރުވުން
  7. ކޮޅުމަޑުލު ވިލުފުށިން ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތީން ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

ކޮމިޓީ މެންބަރުންގެ ޝަރުޠުތައް:

  1. ޢުމުރުން 18 އަހަރު ފުރިފައިވުން
  2. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)383/383/2021/40 (30 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތެއް ކަމުގައި ނުވުން
  3. މިފަދަ މަސައްކަތެއް ކުރެވޭނެފަދަ ޢިލްމާއި ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ގޯތި ކޮމެޓީއަށް އެދޭ ފޯމު (މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުން، ކައުންސިލްގެ ފޭސްބުކް ޕޭޖުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. ނުވަތަ ޕާސްޕޯޓް ކޮޕީއެއް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީއެއް
  3. ލިބިފައިވާ އެންމެ މަތީ ސަނަދުގެ ކޮޕީއެއް
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި:

ކޮމެޓީއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ އަށެވެ. ކޮމެޓީއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780701 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

19 ޖަނަވަރީ 2022
ހޯދާ