ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުންގެ ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ،

އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމުތަކުގައި މަސައްކަތް

ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

އިމާމް / މުދިމް

މަޤާމު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

މަޤާމުގެ ބާވަތާއި  މުއްދަތު:

ގއ.ކަނޑުހުޅުދޫގެ މިސްކިތް

ވަޒީފާ އަދާ ކުރަންޖެހޭ ތަން :

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސައްކަތްކުރާ ގަޑިއަކަށް

ރޭންކް

މަޤާމް/ޝަރުޠު

މުސާރަ:

61.00 ރުފިޔާ

GS3

އިމާމު - ޝަރުތު ހަމަވާ (އިމާމް ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު އޮތުން)

53.00 ރުފިޔާ

GS1

މުދިމް - ޝަރުތު ހަމަވާ (ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގިގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން)

 ދުވާލަކު 5 ގަޑީއިރު ހަފްތާގެ 7 ދުވަސް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

  1. އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދުގެ، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.
  2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  3. މިސްކިތުގެ ސާފުތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމާއި އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން
  5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިއުމެއް ނައްތާލުން.
  7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން
  9. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން
  10. ކަށުކަމާކެމީގެ ކަންތައް ކުރުން ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ޙާލަތެއްގައި)
  11. މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  2. މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން

މަޤާމުގެ ޝަރުޠުތައް:

  1. ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

އަސާސީ ޝަރުތު ހަމަވުން ( ކަނޑައެޅިފައިވާ އިންސައްތަ: %30 )

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު ( ކަނޑައެޅިފައިވާ އިންސައްތަ: %5 )

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ %5 )

އެސެސްމަންޓް (އިމްތިޙާން) ( ކަނޑައެޅިފައިވާ އިންސައްތަ %25 )

އިންޓަރވިއު ( ކަނޑައެޅިފައިވާ އިންސައްތަ: %35 )

ނޯޓު: ލިބުނު ޕޮއިންޓުގެ ޖުމްލަ %60 ( ހަތްދިހަ އިންސައްތަ ) އަށްވުރެން މަތިވާންޖެހޭނެއެވެ. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖެނުއަރީ 2022 ދުވަހުގެ 14.00ގެ ކުރިން،  ލިންކް https://forms.gle/jXgtkd3PFNYfc2tQ9 މެދުވެރިކޮށް ނުވަތަ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްޝޯޓް ލިސްޓުކޮށް ބާއްވޭ އިންޓަވިއު އޮންނާނީ 03 ފެބްރުއަރީ ގައި ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ.

 

ޝޯޓްލިސްޓްކޮށް އިންޓަރވިއު ކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

19 ޖަނަވަރީ 2022
ހޯދާ