މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގެ ކޯލް ސެންޓަރ ގެ ޚިދުމަތާއި ބެހޭ

އިޢުލާން

 

މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ މަޤްޞަދުގައި 5 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ކޯލް ސެންޓަރެއް ޤާއިމްކުރެވި، ޓްރާންސްޕޯޓް ހޮޓްލައިންގެ ގޮތުގައި ނަންބަރެއް ވަނީ ޚާއްސަކުރެވިފައެވެ. މި ކޯލް ސެންޓަރުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެދުނު 08:30 އިން މެންދުރު ފަހު 14:00 ގެ ނިޔަލަށް ކަމުގައި ދެންނެވީމެވެ. އަދި ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި މަޢުލޫމާތު ހޯއްދެވުމަށް އީ-މެއިލްގެ ޒަރީޢާއިން ހުށަހެޅުއްވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.

ޚިދުމަތް

ފޯނު ނަންބަރު/އީ-މެއިލް އެޑްރެސް

ޚިދުމަތް ލިބޭނެ ވަގުތު

ޓްރާންސްޕޯޓް ހޮޓްލައިން ނަންބަރު

1511

ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހެދުނު 08:30 އިން މެންދުރުފަހު 14:00 އަށް.

ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށް.

ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖުމާދަލްއާޚިރާ 1443

04 ޖެނުއަރީ    2022

 

04 ޖަނަވަރީ 2022
ހޯދާ