މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕްރޮގްރާމަށް ފޯމު ހުށަހެޅުމާބެހޭ

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ގިނަ ދުވަހު އުޅެމުންގެންދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ފްލެޓް ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމަށް ކުރިން ދުވާލަކަށް ދޫކުރަމުން އައި 100 ނަންބަރުގެ ބަދަލުގައި، 4 އޮގަސްޓު 2014 އިން ފެށިގެން ދޫކުރުމަށް ހަމަޖެހިފައި ވަނީ ދުވާލަކަށް 150 ނަންބަރެވެ.  ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިއޫގައި ތިއްބަވާ ތަރުތީބުންނެވެ.  ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:15 އިން ފެށިގެންނެވެ.

އަދި މި ޕްރޮގްރާމަށް ފޯމު ހުށަހެޅުމަށް ކުރިން ކަނޑައަޅާފައިވާ ސުންގަޑިއަކީ،  28 އޮގަސްޓު 2014 އެވެ. ނަމަވެސް، މިހާރު  މި މުއްދަތު ވަނީ 30 ސެޕްޓެންބަރު 2014 އަށް އިތުރު ކުރެވިފައެވެ.

ވީމާ، ފޯމު ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ނިންމެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

8 ޝައްވާލް 1435

03 އޮގަސްޓް 2014
ހޯދާ