ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިޔަމިގިލީ ސްކޫލް

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ  

                                                   ނަންބަރު: DM / 04 / 2022 /I-01    

އިޢުލާނު

2022 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

             01   ފެބުރުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް  ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

             މި މަސައްކަތަށް  ހުށަހެޅުމުގެ  ފުރުޞަތު  ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             ވީމާ.  01  ފެބުރުއަރީ 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ނަން ނޯޓްކުރެއްވުން އެދެމެވެ.  ސްކޫލް އޮފީހަށް ދުރުވެގެން،  އީމެއިލް (([email protected] ގެ ޒަރިއްޔާއިން ނުވަތަ ފޯނު( 7869965/7755913 ) އަށް ގުޅައިގެންވެސް ނަން ނޯޓް ކުރެވޭނެއެވެ.

             ނަން ނޯޓް ކުރުން އޮންނާނީ   02 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު ގައެވެ.

             ވީމާ، ސެކިއިރިޓީ ބެލެހެއްޓުމަށް ނަން ނޯޓް ކުރައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުމަށް

09 ޖެނުއަރީ 2022 އާދީއްތަ، ހެނދުނު 10.00

 އަންދާސީ ހިސާބު ހުށަހެޅުމަށް

13 ޖެނުއަރީ 2022 ބުރާސްފަތި، ހެނދުނު 10.00

             މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

             މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

             އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ( 7869965/7755913 ) އަށް ގުޅުއްވުން އެދެމެވެ.                 

29   ޖުމާދަލްއޫލާ   1443

02    ޖެނުއަރީ    2022

  

02 ޖަނަވަރީ 2022
ހޯދާ