ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތާއި ގުޅޭ

1442 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން އަލަށްރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވަނީ ހުޅުވާލާފައެވެ.

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ، "ފަޤީރުންނާއި މިސްކީނުން ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 26 ޑިސެމްބަރު 2021 އިން ފެށިގެން މި އިދާރާގެ ކައުންޓަރުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ދޫކޮށް ބަލައިގަންނާނީ މި އިދާރާގެ ކައުންޓަރުންނެވެ.

 

1442 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

26 ޑިސެންބަރު 2021
ހޯދާ