ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް (1 އަހަރަށް) މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS15/2021/27 ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 04 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 10.30 ށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 10.30 ށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީ އުރައެއްގައި ބަންދުކޮށްގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީ ހިސާބެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިސްކޫލުގެ 6580031 ނަންބަރު ފޯނާއެވެ. 

 

28 ޑިސެންބަރު 2021
ހޯދާ