ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ރިނބުދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

 

 

 

Rinbudhoo School

 

 

 

ރިނބުދޫ ސްކޫލް

Dh. Rinbudhoo,

ދ. ރިނބުދޫ،

Republic of Maldives

ދިވެހިރާއްޖެ

 

 

 

                                                                   ނަމްބަރު: (IUL)GS-172/ 2021/21

 

 

2022 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކުރުމާ ގުޅޭ

 

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

          2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

29 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:30 ގައި.

05 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ 11:30 ގައި.

 

         މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއާއި އައިޑީކާޑުގެ ކޮޕީއަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި  7952917 ނަންބަރު ފޯނާއެވެ.

23 ޖުމާދަލްއޫލާ 1443

27 ޑިސެމްބަރ 2021

 

 

                                        

27 ޑިސެންބަރު 2021
ހޯދާ