މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

06

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް ( 01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރު 2022 އަށް) 1 އަހަރު

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާރފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ.މިލަދޫ ކައުންސިލުގެ އިދާރާ / ނ. މިލަދޫ މިސްކިތްތައް

މުސާރަ:

-/3100 ރުފިޔާ  

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

1-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2-      މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް  ތަންފީޒުކުރުމުގައި އިދާރީގޮތުން ދެއްވާ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތުގެ އެތެރެއެއާއި ފާޚާނާ/ ފެންއިސްކުރުބަރި އަދި ފެންވަޅު ދޮށާއި ވޯކުވޭތައް ސާފު ތާހިރު ކުރުން.
  4. ޖަމާޢަތުގައި ނަމާދުކޮށް ނިމިގެން މީހުން މިސްކިތުން ފޭބުމުން އެއަރކޮންޑިޝަން، ފަންކާ އަދި ލައިޓް ފަދަ ކަރަންޓް ބޭނުންކުރާ ތަކެތީގެ ތެރެއިން ކޮންމެހެން ބަހައްޓަންޖެހޭ އެއްޗެއް ފިޔަވައި އެހެން ހުރިހާ އެއްޗެތީގެ ކަރަންޓް ކެނޑުން އަދި އެއްވެސް ފެން އިސްކުރެއް ދޫވެފައިވޭތޯ ބަލާ ރަގަޅު ކުރުން.
  5. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މިސްކިތު ގޯތިތެރެއާއި މިސްކިތް ހިމެނޭ މަގުތައް ކުނިކަހާ ސާފު ތާހިރުކުރުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  6. ކޮންމެ ހަފްތާއަކު މަދުވެގެން 2 ފަހަރު މިސްކިތުގެ ހުރިހާ ބިއްލޫރި ތަކާއި، ފަންކާ، ބޮކި، ހޮޅިބުރި، އޭސީ، ފަރުނީޗަރ އަދި މިސްކިތު ތެރޭގައި ބެހެއްޓިފައިވާ ތަކެތި ފޮހެ ސާފުކުރުން.
  7. ކައުންސިލްގެ އިދާރާއިން ނުވަތަ އިމާމު/މުދިމު ހަމަޖައްސަވާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ބަގީޗާފަދަ ގަސްތައް އިންދާ ހައްދައި ގަސްތައް ކޮށައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި އަދި ފުރާޅާއި ދިޔަދޮވި ސާފުކުރުން.
  9. ރަމަޟާން މަހާއި ގުޅިގެން ކުރެވޭ ތަރާވީޙު ނަމާދާއި ދަމުނަމާދުގެ އިތުރުން ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަ ނަމާދުތަކަށް މިސްކިތް ތައްޔާރުކުރުން.
  10. ރަމަޟާން މަސްފަދަ ޚާއްޞަ މުނާސަބަތުތަކަށް ނުވަތަ އެނޫން ގޮތަކަށްވިއަސް މިސްކިތް ޒީނަތްތެރިކުރުންފަދަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތް ކުރުން.
  11. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން އިމާމު/މުދިމް އަދި ކައުންސިލްގެ އިދާރާއަށް އެންގުން.
  12. މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.
  14. ފަރުޟު ފަސްނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރުމަށް މިސްކިތްތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  15. ކައުންސިލުން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކާލުން
  16. ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި ދޮރުތައް ލެއްޕުން.
  17. ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  18. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން
  19. މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން.
  20. ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން. 
  21. މިސްކިތްތަކުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  22. މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުމާއި، މިސްކިތުގެ އިމާމުންނާއި މުދިމުންނަށާއި ކައުންސިލަށް އެއްބާރުލުން ދިނުން.
  23. މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެނގުން.

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:  

  • ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކައުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-       އަސާސީ ޝަރުތު ހަމަވުން (%50)

-       އަސާސީ ޝަރުތަށްވެރު އިތުރަށް ލިބިފައިވާ ތަޢުލީމު (%5)

-       ލިބިފައިވާ ތަޖުރިބާ (%5)

-       އިންޓަރވިއު (%40)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޑިސެމްބަރު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2021 ޑިސެމްބަރު 28 އާއި 2021 ޑިސެމްބަރު 30 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލުގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7470014 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

21 ޑިސެންބަރު 2021
ހޯދާ