މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:                     މަސައްކަތު

ބޭނުންވާ ޢަދަދު:               2 ( ދޭއް )

މަސައްކަތްކުރަންޖެހޭ ތަން:        މިލަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ (މިލަދޫ ކުނިކޮށި)

މަސައްކަތްކުރަން ހަމަޖެހިފައިވާގޮތް:   ހެނދުނު 6:30 އިން 10:30އަށް – ހަވީރު 16:00 އިން 17:00އަށް.

މަޤާމުގެ މުސާރަ:             -/3100 ރުފިޔާ

ސާރވިސް އެލަވަންސް:         -/1000 ރުފިޔާ

މަޤާމުގެ ގިންތި:             ކޮންޓްރެކްޓް 1 ( އެކެއް ) އަހަރު ( 1 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް )

އުޖޫރަ އާއި އިނާޔަތްތައް:        މުޥައްޒަފުންނަށްދެވޭ އިނާޔަތްތަކާއި (ހަމަޖެހިފައިވާ އުސޫލާއި އެއްގޮތުގެމަތީން )

                        އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޔުނިޓް:                    ނ.މިލަދޫ ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑު މުނިޕަލްސާރވިސް 

 1-     މަޤާމުގެ ޝަރުތުތައް:

-   ލިޔަންކިޔަން އެނގުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓިފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

  2-     މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

(ހ)  ނ.މިލަދޫގައި ކުނިއެޅުމަށް ހަދާފައިވާ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކަނޑައަޅގައިވާ އުސޫލާއެއްގޮތަށް ކުރުން.

(ށ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެނެވޭ ކުނީގެ ބާވަތްތައް (ދަގަނޑު، ބިއްލޫރި، ޕްލާސްޓިކް، ކަލުޑި،ފަތްކުނި) ވަކިކޮށް، ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ތަންތަނަށް އެޅުން.

(ނ)  ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެކިއެކި ފަރާތްތަކުން ކުނި ގެނައުމަށް ހަދާފައިވާ މަގު ސާފުކޮށް ބެލެހެއްޓުން.

(ރ)  ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އުކާލުން މަނާކުރެވިފައިވާ ތަކެތި (ކާބޯތަކެއްޗާއި ކުނިވާޒާތުގެ އެންމެހާ ތަކެތި، ގާކުނި، ބޮޑެތި ދަގަނޑުގެ ބާވަތްތައް، ބޮޑެތި ރޯލަކުޑިއާއި ރުއްގަހުގެ ބާވަތްތައް) އެއްވެސް ފަރާތަކުން އުކާލިޔަނުދީ ބެލެހެއްޓުން.

(ބ)  ސަރަހައްދަށް ކުނި އުކާލަން ކަނޑައަޅާފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއްވެސް ފަރާތަކުން ކުނިއެޅިޔަ ނުދީ އެސަރަހައްދު ބެލެހެއްޓުން.

(ޅ)  ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އުކާލެވޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ކުނީގެ ބާވަތްތައް (ދަގަނޑު، ބިއްލޫރި، ބޮޑެތި ރޯކަލުޑިއާއި ރުއްގަހުގެ ބާވަތްތައް) ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް ޖަމާކުރުން.

(ކ)  ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކުނި އުކާލުމުގައި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކުގެ ސާފު ތެދު މަޢުލޫމާތު ދުވަހުން ދުވަހަށް ކައުންސިލަށް އެންގުން.

(އ)  ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެއްވެސް ވަރަކަށް ގާކުނީގެ ބާވަތްތައް އުކާލިޔަ ނުދިނުން.

(ވ)  ރަށުގެ އިޖްތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައިހުރި ޑަސްޓްބިންތައް ހަފުތާއެކު އެއްދުވަހު ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އުކާލާ ޑަސްބިން ސާފުކުރުން.

3-     ވަޒީފާއަށް އެންމެ ޤާބިލް ފަރާތްތެއް ހޮވުމަށް ބެލެވޭނެކަންތައްތައް:

-    އަސާސީ ޝަރުތު ހަމަވުން ( %50)

-    އަސާސީ ޝަރުތަށްވެރު އިތުރަށް ލިބިފައިވާ ތަޢުލީމު (%5)

-    ލިބިފައިވާ ތަޖުރިބާ (%5)

-    އިންޓަރވިއު (%40)

4-     އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

-   މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރ 27 އާއި 2021 ޑިސެމްބަރު 30 އާ ދެމެދު، މިލަދޫ ކައުންސިލްގެ އިދާރާގައެވެ.

5-     މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

-      މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތަކާއެކު 27 ޑިސެމްބަރ ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިލަދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

 6-     ހުށައަޅަންޖެހޭ ލިޔުންތައް:

-       ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމް ( ވަޒީފާއަށް އެދޭފޯމް ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )

-       ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

-       މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

-       ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 7470014 ފޯނާއެވެ.

21 ޑިސެމްބަރު 2021

21 ޑިސެންބަރު 2021
ހޯދާ