ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ގަތުމަށް

 

 

ނައިފަރު ކައުންސިލް އިން ފޯރުކޮށްދޭ ސްޕެސިފިކޭޝަން ގައިވާ ގޮތަށް ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 19 ޑިސެމްބަރ 2021 ވަނަ ދުވަހުން ފެށިގެން 23ޑިސެމްބަރ 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރިކޮށް ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

ބިޑް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 7705700335001 އެކައުންޓަށް ފައިސާ ޖަމާކޮށް ސްލިޕް ކޮޅު އަދި އީމެއިލް އެޑްރެސް ވައިބާ ކުރުމުން ބިޑް ޑޮކިއުމެންޓް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.

ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ ވިޔަފާރީގެ (ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ) މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

މަޢުލޫމާތު ކަރުދާހުގެ ކޮޕީއެއް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.

 

 

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ 6620068 އަދި 6620165 މިނަންބަރު ތަކާއި ގުޅުއްވައިގެން އަދި [email protected][email protected] މި ދެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

 

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ނަމަ ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ގަތުމާއި ގުޅޭ ޕްރޮޕޯސަލް" ލިޔެފައި އޮންނަންވާނެއެވެ. އަދި މެއިލްގެ ޒަރީއާއިން ބީލަން ހުށަހަޅާނަމަ މެއިލްގެ ސަބްޖެކްޓްގައި، "ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ގަތުމާއި ގުޅޭ ޕްރޮޕޯސަލް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މެއިލް ފޮނުވާނީ ތިރީގައިވާ އީމެއިލް އަށެވެ.

To: [email protected]

CC: [email protected]

CC: [email protected]

ޕްރޮޕޯސަލްތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

19 ޑިސެންބަރު 2021
ހޯދާ