މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫގެ މަގުބައްތިތައް ދިއްލާ މަރާމާތުކުރުމާބެހޭ

ނ.މިލަދޫގެ މަގުބައްތިތައް ދިއްލާ މަރާމާތުކުރުމުގެ މަސައްކަތް 01 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހާޟިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭނަމަ ފޮނުއްވާނީ [email protected]  އަށެވެ.

ރަޖިސްޓްރީކުރަން ފޮނުވާ އީމެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި)

2-   ކުންފުނި ނުވަތަ ވިޔަފާރި ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިޞިއްޔަތު

އީމެއިލް ކުރައްވާއިރު ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ސާފު ކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ. އަދި މިއިދާރާއަށް ހާޟިރުވެ ރަޖިސްޓްރީކުރާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

މިމަސައްކަތާގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 22 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.        

19 ޑިސެންބަރު 2021
ހޯދާ