މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫގެ މަގުތަކާއި.ގޯޅިތަކަށް އިތުރުކުރި މަގުބައްތި ތަކަށް ކޭބަލް އެޅުން.

 

އިޢުލާން

 

ށ.ފޭދޫގެ މަގުތަކާއި.ގޯޅިތަކަށް އިތުރުކުރި މަގުބައްތި ތަކަށް ކޭބަލް އެޅުން.

                   ށ.ފޭދޫގެ މަގުތަކާއި،ގޯޅިތަކަށް އިތުރުކުރި މަގުބައްތިތަކަށް ކޭބަލް އެޅުމަށްޓަކައި ކޯރުކޮނެ ކޭބަލް ވަޅުލަދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                   ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކުން 21 ޑިސެމްބަރ 2021 ވަނަދުވަހުގެ 10:00 އަށް މިމަސައްކަތް ކޮށްދެވޭނެ އަގާއި މަސައްކަތް ނިންމޭނެ މުއްދަތު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.މިމަސައްކަތާއިގުޅޭ މައުލޫމާތު ކަރުދާސް ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރު 12:00 އާއި ދެމެދު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.މިމަސައްކަތަށް އަގު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ށ.ފޭދޫ މަގުތަކާއި،ގޯޅިތަކަށް އިތުރުކުރި މަގުބައްތި ތަކަށް ކޭބަލް އެޅުން ލިޔެފައި އޮންނަންވާނެއެވެ.އަދި ދަންނަވަމެވެ.ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއިއެކު ފޮނުއްވުން އެދެމެވެ.ގަޑި ޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ.އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާގެ 6540045 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                  މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               15 ޑިސެމްބަރ 2021                          

15 ޑިސެންބަރު 2021
ހޯދާ