ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ނަމްބަރު:25/2021/(IUL) GS118

އިޢުލާނު

                              ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިސްކޫލްގެ ސެކިޔުރިޓީ އައުޓް ސޯސްކޮށް އެކަށީގެންވާ އަގަކަށް ބަލަހައްޓަދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށްކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

2.  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ޑިސެމްބަރ 2021 އިން 19 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

3.  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4.  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

5.  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

6.  މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6561807 ނުވަތަ 6560570 ނަމްބަރ ފޯނާ އެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

14 ޑިސެންބަރު 2021
ހޯދާ