ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މާލޭ ސްވިމިންގ ޓްރެކް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މާލޭ ސްވިމިންގ ޓްރެކް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

  1. މާލޭ ސްވިމިންގ ޓްރެކް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުންޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެންބަރު 16 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.  އޭގެފަހުން ފޮނުވާ ސުވާލަށް ޖަވާބެއް ނުދެވޭނެއެވެ.
  4. މި ބީލަމާ ގުޅިގެން ހުށަހަޅާ ސުވާލުތައް ހުށަހަޅާ ފަރާތްތަކަށް 2021 ޑިސެންބަރު 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު ދެވޭނެއެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 27 ވަނަ ދުވަހުގެ 11:00 ގައިސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައެވެ.
  6. މިބީލާމާގުޅޭ މަޢުލޫމާތު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
    • ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
    • ނެޝަނަލް ފުޓުބޯޅަ ސްޓޭޑިއަމް
    • ޝަބްނަމް މަގު، މާލެ، ދިވެހިރާއްޖެ.
    • ފޯން:  3323429
    • އީ-މެއިލް: [email protected]
    • ކޮޕީ-މެއިލް: [email protected]
12 ޑިސެންބަރު 2021
ހޯދާ