ދާންދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ސާރވިސް ޗާޓަރު 2021 އާއްމުކުރުން

           
     
 
   
 
     


 

 
   

 

 

 

 

 

ސަރވިސް ޗާޓަރ

ތަޢާރަފް؛

މިއީ، ސްކޫލްތަކުގެ އިދާރާ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 

ވިޝަން؛

ދުނިޔޭގެ ކުދި ޤައުމުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީން ޢާއްމުވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ވުން.

 

މިޝަން؛

ޕްރީސްކޫލުން ފެށިގެން މަތީ ޘާނަވީ އާއި ހަމައަށް ފެންވަރު ރަނގަޅު ތަޢުލީމުގެ ފުރުސަތުތައް އާންމުކޮށް، ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތު ދީ، ސިއްހީގޮތުން ދުޅަހެޔޮ، ޢަމަލީ މައިދާނަށް ނުކުންނަ ޤާބިލް ދިވެހި ދަރިންނަށް ހެދުން

 

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 7:00 ން 14:00 އަށް  ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.

ދަރިވަރުންގެ ރެޖިސްޓަރ ކުރުމަށް ސްކޫލަށް ނަން ފޮނުވުން

4

ދަރިވަރުން ސްކޫލަށް ރެޖިސްޓަރ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ސްކޫލަށް ދަރިވަރުގެ ނަން ފޮނުވުން

  • ދަރިވަރުގެ ނަން ސްކޫލަށް އައިކަމަށް އަންގާ ބެލެނިވެރިޔާއަށް އެސް.އެމް.އެސް އެއް ކުރެވޭނެއެވެ.
  • ދަރިވަރުންގެ "ރެޖިސްޓްރޭޝަން ފޯރމް" ދޫކުރުމާއި ބަލައިގަތުން. (ރެޖިސްޓްރޭޝަން ފޯރމްގެ ލިންކް:

https://docs.google.com/document/d/1pLuKxHxT4PhoLRmYSXxVsbUrBOcUjFsf/edit?rtpof=true

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

5

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

  • ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯރމް ސްކޫލަށް ބެލެނިވެރިޔާ ހުށަހެޅުން.
  • ދަރުވަރުގެ އިންޑެކްސް ނަންބަރު ދިނުމާއި ރެޖިސްޓަރ ކުރުން.
  • ބެލެނިވެރިންނާއި މަޢުލޫމާތު ޙިއްސާކުރުން
  • މީމިސް ޕޯޓާލްގައި ދަރިވަރު ރަޖިސްޓްރީ ކުރުން

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

6

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

  • ދަރިވަރުން ސްކޫލުން ވަކިވުމަށް ނުވަތަ ޓްރާންސްފަރ ވުމަށް ހުށަހެޅުން. (ފޯރމް ލިންކް:)

https://docs.google.com/document/d/1bb4ZIiyV2f6UFKgrQWQfc7G4BWtcp4Gk/edit?rtpof=true

  • އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ދަރިވަރު ސްކޫލުން ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން
  • ރާއްޖެއިން ބޭރަށްދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގުން

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

7

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.

ބަޖެޓް ސެކްޝަން

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން

8

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން (ސެކިއުރިޓީ ބެލެހެއްޓުން، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން)

 

  • އިޢުލާން ގެޒެޓްކުރުން، ނަންނޯޓް ކުރުމަށް މުއްދަތު ދިނުން، އެކަމަކަށް މަޢްލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން
  • ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން
  • މަޢްލޫމާތަށް އަންނަ ފަރާތްތައް ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން
  • ބިޑް ފޮތް ތައްޔާރުކުރުން
  • މަޢްލޫމާތަށް އަންނަ ފަރާތްތަކުގެ ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން
  • ޝީޓްގެ ކޮޕީ ހާޒިރުވީ ފަރާތްތަކަށް ދިނުން

އަހަރީ ބަޖެޓް ތައްޔާރުކުރުން

9

ފައިސާބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސްޓީޗަރަށް، ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.
  • ޕޮލިސް ރިޕޯޓްއާއިއެކު ކަންހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.
  • ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

10

އިމާރާތާއިތަކެތި ކުއްޔަށް ދޫކުރުން.

  • ސިޓީއަކުން ސްކޫލަށް ހުށަހެޅުން.
  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތަކަށް ލިޔުމުން އެންގުން.
  • ސިޓީ ހުށަދހަޅާ ތާރީޚުން ފެށިގެން 3 ދުވަސް

 

11

ބެޖް, ފަދަ ތަކެއްތި ގެއްލި ނުވަތަ ހަލާކުވުމުން ދައްކާ ފައިސާ ބަލައިގަތުން

  • ގެއްލި ނުވަތަ ހަލާކުވެއްޖެނަމަ ބެލެނިވެރިޔާ ކްލާސްޓީޗަރަށް ރިޕޯޓްކުރުން، އެއަށްފަހު ފައިސާ ދެއްކުމަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

12

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

  • ލީވިންގ ސެޓްފިކެޓް އަށް އެދި ރެޖިސްޓަރ ބެލެނިވެރޔާ ސްކޫލަށް ހުށަހެޅުން، ސްޓޫޑެންޓް އެފެއަރޒް އިން ބަޖެޓް ސެކްޝަނަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން. (ބަނޑޭރި ޕޯޓަލް ލިންކް:)

https://bandeyripay.finance.gov.mv/

 

13

ކޭމްޕް، ޔުނީފޯމް ފަދަ ތަކެއްޗަށް ފައިސާ ބަލައިގަތުން

  • ލީޑިންގ ޓީޗަރ މެދުވެރިކޮށް ބެލެނިވެރިންނަށް ސްލިޕް ދިނުން
  • ބަޖެޓް ސެކްޝަނުން ހަވާލުވެ ހުންނަ މުވައްޒަފަކާއި ހަވާލުކުރުން (ދެވިފައިސާ ޝީޓް ނުވަތަ ލިސްޓްގައި ބަލައިގަތް މީހަކާއި ފައިސާ ދެއްކި މީހަކު ސޮއިކުރުން
  • ސްލިޕްގައި ފައިސާގެ އަދަދާއި ފައިސާ ދެއްކުމަށް ދެވޭ މުއްދަތު އެނގެން އޮތުން

 

ހިއުމަން ރިސޯސް ސެކްޝަން

14

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން.

  • ސިވިލް ސަރވިސްގެ ޤަވައިދާއި އެއްގޮތަށް އިއުލާން ގެޒެޓް ކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

15

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން. 
  • އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

 

16

 

ސްކްރީނިންގ މަރުހަލާ

 

  • ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، ސަބަބު ބަޔާންކޮށް ލިޔުމުން އެނގުން ( އިންޓަރވިއު ބޭއްވުމުގެކުރިން )
 

 

17

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އެންގުން.

 

18

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކޮށް ކޮންމެ ކެންޑިޓޭކަށް އެކެންޑިޑޭޓެއްގެ ނަންބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް ތިން ދުވަހުގެ މުއްދަތެއްދިނުން. 
  • ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން. އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމް އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.

 

19

ވަޒީފާ ހަމަޖެއްސުން.

  • އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ  އެފަރާތްތަކަށ ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒިފާ ހަމަޖެއްސުމަށްޓަކައި ފޮނުވުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]  މި އީ-މެއިލްގެ    ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
  • މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 7983075 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް

ފޯން ނަންބަރު:7983075

 ހޮޓްލައިން :  

އީ-މެއިލް: [email protected]

ވެބްސައިޓް:

 

ދާންދޫ ސްކޫލް/ ގއ. ދާންދޫ

08 ޑިސެންބަރު 2021
ހޯދާ