މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ މަސްޖިދުލް ޢަދާލާ ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރ: (IUL)297-EP/297/2021/101

 

އިޢުލާން

މަަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނ.ވެލިދޫ މަސްޖިދުލް ޢަދާލާގެ 5248 އަކަފޫޓުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ. މިކަމަށް ބޭނުންވާ ފިއްސާއި ކުލަ ދޭނީ ކައުންސިލް އިދާރާއިންނެވެ.

މިކަމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ އަގުފޯމް ފުރިހަމަކުރެއްވުމަށްފަހު 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، މިފަދަ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާނަމަ އެކަމުގެ ލިޔުމާއި ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ.

 

މާކްސް ދެވޭނެގޮތުގެ ތަފްސީލް

ޕަސެންޓޭޖް

ޚިދުމަތުގެ އަގު

80%

މަސައްކަތުގެ ތަޖުރިބާ

10%

މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު

10%

 

 

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

02 ޖުމާދަލްޢޫލާ 1443

6 ޑިސެމްބަރ 2021

 

06 ޑިސެންބަރު 2021
ހޯދާ