މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅުންނޫން ބޭނުންތަކަށް ބިން ދޫކުރުން

އިޢުލާން

 

މީހުން ދިރިއުޅުންނޫން ބޭނުންތަކަށް ބިން ދޫކުރުން

      މުވާޞަލާތީޚިދުމަތް ދިނުމަށް ޓަވަރުޖެހުމަށް ބިންދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

* މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު:

ބިމުގެ ތަފްސީލް

ބިން ދޫކުރާ އަދަދު

އެންޓަނާ ޖެހުމަށް ދޫކުރާބިން

02

 

* ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން 1600 (ސޯޅަސަތޭކަ އަކަފޫޓް)

* ބިންކުއްޔަށްދޫކުރެއްވުމަށް ކަނޑައަޅާ އެންމެ ކުޑައަގު އަކަފޫޓަކަށް 0.60 (ފަސްދޮޅަސްލާރި)

 

                   ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މިއިއުލާނާއިއެކު އާންމުކުރެވިފައި ހުންނާނެއެވެ. ވީމާ ބިންހޯދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިމުގެ ނަމްބަރާއި އަގު ބަޔާންކޮށް  15 ޑިސެމްބަރ 2021 ވަނަދުވަހުގެ 10:00 ށް ސިޓީ ހިފައިގެން މިއިދާރާއަށް ހާޒިރުވެ ދެއްވުންއެދި ދެންނެވީމެވެ. އެއްބިމަކަށް ގިނަފަރާތްތަކަކުން އެއްއަގެއް ހުށަހަޅުއްވައިފިނަމަ ބިންލިބޭފަރާތް ކަނޑައަޅާނީ ރަނގަޅުހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. ހުށަހެޅުމެއް ހުށަހަޅާފައި ނުވާނަމަ ގުރުއަތު ލައިގެންނެވެ.

                   ސިޓީ ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "މީހުން ދިރިއުޅުންނޫން ބޭނުންތަކަށް ދޫކުރާ ބިމަށް އެދި"މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540045 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

05 ޑިސެމްބަރ 2021

05 ޑިސެންބަރު 2021
ހޯދާ