ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

        މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 15 އިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގެ ނިޔަލަށް މިކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މިކަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުން އޮންނާނީ 07 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޮންލައިންކޮންނެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލުގެ އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމާގުޅިގެން އިތުރަށް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ  7789355 ފޯނަށް ގުޅުއްވައިގެން ސާފުކުރެވޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި މަޢުލޫމާތުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 07 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. (ނޯޓް: މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މަޢުލޫމާތު ބައްދަލުވުމުގެ ޓީމްސް ލިންކް މެއިލްއަށް ފޮނުވާދެވޭނެއެވެ.)

މަޢުލޫމާތު ބައްދަލުވުމުގައި ރަޖިއްޓްރީވުމަށް: https://forms.gle/wzuTTvauzHULyeJ69

މަޢުލޫމާތު ބައްދަލުވުމުގައި ރަޖިއްޓްރީވުމުގެ ސުން ގަޑި

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ބަލައިގަތުން

ތާރީޚް: 07 ޑިސެމްބަރ 2021

ތާރީޚް:07 ޑިސެމްބަރ 2021

ތާރީޚް: 09 ޑިސެމްބަރ 2021

ގަޑި: 10:00

ގަޑި: 11:00

ގަޑި: 11:00

ލިންކް:https://forms.gle/wzuTTvauzHULyeJ69

ތަން: އޮންލައިންކޮށް (ޓީމްސް)

ތަން: މަކުނުދޫ ކައުންސިލްގެ އިދާރާ

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

05 ޑިސެންބަރު 2021
ހޯދާ