އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެސިސްޓެންޓް ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ކޭސް މެނޭޖްމަންޓް  ޔުނިޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން،  ނުވަތަ،
  2. ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސާނަވީ އިމްތިހާނުގައި ދިވެއްސާއެކު ޖުމުލަ 4 މާއްދާއަކުން ފާސްވެފައިވުން އަދި،
  3. ބޭސިކް ކޮމްޕިއުޓިންގ ދަންނަ، ތާނަ ކީބޯޑަށް ފަރިތަ މީހެއް ކަމުގައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހަށް ހުށަހެޅޭ މައްސަލަތައް ވެރިއެއްގެ ލަފާގެ މަތިން ބަލައި ޖަވާބު ދިނުމާއި މައްސަލަތައް ފައިލްކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  2. އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލު އަދާހަމަކޮށް އޮފީހުގެ ވެބްސައިޓަށްލުމުގައި އެހީތެރިވުން.
  3. އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކޮށް ޗިޓު ތައްޔާރުކޮށް ފޮނުވުމުގައި އެހީތެރިވުން.
  4. އަޑުއެހުންތަކުގެ ނިންމުންތަކާއި ޔައުމިއްޔާތައް ލިޔުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -/6،000 ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -/2،000 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

12 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ އޮފީހުގެ އީމެއިލް [email protected] އަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

02 ޑިސެންބަރު 2021
ހޯދާ