މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ ބޭނުމަށް ނ.ވެލިދޫއިން ގެއެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާބެހޭ

އެމް.ޓީ.ސީ.ސީގެ ބޭނުމަށް ނ.ވެލިދޫއިން ގެއެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާބެހޭ

ބޯޓް ބީޗިން އޭރިއާ ޕްރޮޖެެކްޓްގެ މަސައްކަތްކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ)ގެ މުވައްޒަފުން  ތިބުމަށްޓަކައި 03 ކޮޓަރި (1 ކޮޓަރި އޭސީ އަދި ފަރނީޗަރއާއި އެކު) 03 ފާޚާނާ، ބަދިގެ (ކާތަން ހިމެނޭގޮތަށް) އަދި ސިޓީންރޫމް ފަރނިޗަރ ނުލައި، 05 މަސްދުވަހުގެ މުއްދަތަށް ޕްރޮޖެކްޓް ސަރަޙައްދު ކައިރިން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 5 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) ގޭގެ ވެރިފަރާތުގެ އައިޑީކާޑްގެ ސާފު ކޮޕީ.

(ށ) އިމާރާތް މަހު ކުއްޔަށް ހިފުމަށް ހުށަހަޅާ އަގު ބަޔާންކޮށްފައިވާ ލިޔުން.

(ނ) އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ވެރިފަރާތުން ސޮއިކޮށްފައިވާ ސިޓީ. (ކޮންސެންޓް ލެޓަރ)

 

އަންދާސީ ހިސާބު ހުޅުވުން

(ހ) އަންދާސީ ހިސާބު ހުޅުއްވާނީ 5 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު 11:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ކޮންފަރަންސް ރޫމްގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.

(ށ) ބިޑް މީޓިންގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

                      މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

29 ނޮވެމްބަރ 2021

 

29 ނޮވެންބަރު 2021
ހޯދާ