ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން

                                                     ނަންބަރު: (IUL)374-C/374/2021/45

އިއުލާން

  

        މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް (ރައްވެހިގެ)  ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ހިންގާ އިމާރާތުގެ ހުޅަނގުން އޮތް ހުސްބިމުގެ ތެރެއިން 300 އަކަފޫޓުގެ ބިން، 2021 ޑިސެންބަރު 01 ވަނަ ދުވަހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ.

ވީމާ މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ކުއްޔަށް ބިންހިފުމަށް ބޭނުންވާ ބޭފުޅުން "މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި، 2021 ނޮވެންބަރު 30 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

"މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު" އާއި މަޢުލުމާތު ކަރުދާސް  މިއިދާރާއާއި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ:              (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

20 ރަބީއުލްއާޚިރު 1443

25  ނޮވެންބަރު  2021

25 ނޮވެންބަރު 2021
ހޯދާ