އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް އިމާރާތް ކުރާ އިމާރާތްތަކުގެ ބެލްކަނި ނެރުމާއި ގުޅޭ އުސޫލު

1.    ތަޢާރަފް

1.1   މިއީ ރަށުގައި އަލަށް އިމާރާތްކުރާ އިމާރާތްތަކުގެ ބެލްކަނި ވަކި ހަމައެއްގެ ދަށުން ނެރުމަށް ހެދޭ އުސޫލެކެވެ.

2.    މަޤްސަދު:

2.1 "އަލަށް އިމާރާތްކުރާ އިމާރާތްތަކުގެ ބެލްކަނީ ނެރުމާއި ގުޅޭ އުސޫލު" ހެދުމުގެ މައިގަނޑު މަޤްސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ މީހުންނަށްވެސް ގޯޅިތަކާއި މަގުތައް ފަސޭހަކަމާއެކު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމެވެ.

3.    މި އުސޫލަށް އަމަލުކުރަން ފަށާ ތާރީޙް:

3.1   މިއުސޫލަށް އަމަލުކުރަންފަށާނީ ކައުންސިލުން އުސޫލު ފާސްކޮށް ގެޒެޓު ކުރާ ތާރީހުން ފެށިގެންނެވެ.

4.    ބެލްކަނީ ނެރުމުގައި އަމަލުކުރަންވީ ގޮތް

4.1 8 (އަށް) ފޫޓަށް ވުރެ ހިމަ އެއްވެސް މަގެއްގައި އިމާރާތް ކުރެވޭ އިމާރާތެއްގެ ބެލްކަނި އެއްވެސް މިންވަރަކަށް ނުނެރެވޭނެއެވެ. މީގެތެރޭގައި ގޯތިތެރޭގައި ކަނޑާފައި ހުންނަ ގޯޅިތަކާއި މަގުތަށްވެސް ހިމެނެއެވެ.

4.2  އަށް (8) ފޫޓާއި ދިހަ (10) ފޫޓާ ދެމެދު ގެ މަގުތަކުގައި ބެލްކަނި ނެރެވޭނެ އެންމެ ބޮޑުމިނަކީ 6 (ހަ) މީޓަރު މަތިން 18 (އަށާރަ) އިންޗި އަށެވެ.

4.3 10 (ދިހަ) ފޫޓާއި 12 (ބާރަ) ފޫޓުގެ މަގުތަކުގައި ބެލްކަނި ނެރެވޭނެ އެންމެ ބޮޑު މިނަކީ 18 (އަށާރަ) އިންޗިއެވެ.

4.4 12 (ބާރަ) ފޫޓަށްވުރެ ފުޅާ މަގުތަކުގައި އިމާރާތް ކުރާ އިމާރާތްތަކުގެ ބެލްކަނި ނެރެވޭނެ އެންމެ ބޮޑު މިނަކީ ފުރަތަމަ ފަންގިފިލާ 18 (އަށާރަ) އިންޗިއަށެވެ. އަދި ބާކީ ފަންގިފިލާތަކުގެ ބެލްކަނި ނެރެވޭނެ އެންމެ ބޮޑު މިނަކީ 24 (ސައުވީސް) އިންޗިއެވެ.

 

25 ނޮވެންބަރު 2021
ހޯދާ