ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ކަރަންޓުވިއުގަ އަޕްޑޭޓް ކުރުމާއިގުޅޭ

ނަންބަރު: GS-119/2021/06

 

އިޢުލާން

 

މި ސްކޫލުގެކަރަންޓުވިއުގަ އަޕްޑޭޓް ކުރުމާއިގުޅޭ:

 

މިސްކޫލުން ކަނޑައަޅާފެންވަރަކާއި މިންވަރަކަށް މިސްކޫލުގެ ކަރަންޓްވިއުގަ އަމިއްލަޚަރަދުގައި އަޕްޑޭޓް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.  

  1. މިމަސައްކަތް ކުރުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2021  އިން 26 ނޮވެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30  އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 14.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.   
  3. މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
  4. ބީލަންހުޅުވުން އޮންނާނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ.
  5. ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައިނަންނޯޓް ނުކުރައްވާފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުނުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތުގެ ސޮފްޓްކޮޕީ 22 ނޮވެމްބަރ 2021  އިން 28 ނޮވެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30  އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  8. 8.    ޕްރޮކިއުމަންޓް ސެކްޝަން   ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
  9. ފޯން: 6560576  ، އީ-މެއިލް: [email protected] ،ކޮޕީ-މެއިލް: [email protected]

 

      ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

1443      D   13

18    ނޮވެމްބަރ      2021

18 ނޮވެންބަރު 2021
ހޯދާ