މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނު ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކައުންސިލުންދޭ  މަޢުލޫމާތާއި އެއްގޮތަށް ބ.ދޮންފަނުގެ ޓޮޕްގްރަފިކް ސާރވޭ ކުރުމާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ މިއިދާރާއިން ކޮށްފައިވާ ނަންބަރ IUL317/2021/52  ( 14 ނޮވެމްބަރ 2021 ) އިޢުލާނަށް އަގު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވެފައި އަދި  ހުށަހެޅުނު އަގު ބޮޑުކަމަށް ކައުންސިލަށް ފެންނާތީ ދެވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ.  ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިންނެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަށެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިޔުންތައް 16 ނޮވެމްބަރ  2021  އިން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 01 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 01 ވަނަ ދުވަހުގެ 13:00  ގައި ދޮންފަނު ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާނަން،  ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީކުރުން 2021 ނޮވެމްބަރ 16 އިން 2021 ނޮވެމްބަރ 24 ވަނަ ދުވަހުގެ 12:00 އަށް
ޕްރީ ބިޑް މީޓިންގ 2021 ނޮވެމްބަރ 24 ވަނަ ދުވަހުގެ 13:00 ގައި ބ. ދޮންފަނު ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އޮންލައިންކޮށް
ބީލަން ހުށަހެޅުމާއި ، ހުޅުވުން 2021 ޑިސެމްބަރ 1 ވަނަ ދުވަހުގެ 13:00 ގައި ބ. ދޮންފަނު ކައުންސިލްގެ އިދާރާގައި

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

10 ރަބީޢުލް އާހިރު 1443

15 ނޮވެމްބަރ    2021

15 ނޮވެންބަރު 2021
ހޯދާ