މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާކުރުމަށް އެމަސައްކަތަށް ބޭނުންވާ 350kg ގެ 2 ޕިކަޕް ގަނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ނަމްބަރ: (IUL)297-EP/297/2021/83

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވެލިދޫ ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާކުރުމަށް އެމަސައްކަތަށް ބޭނުންވާ 350kg ގެ 2 ޕިކަޕް ގަންނަން ބޭނުންވެއެވެ. ވީމާ ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. ވީމާ މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން މި އިއުލާނާއެކު ޑައުންލޯޑްކުރެވޭގޮތަށް ގެޒެޓްކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

 

ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ގޫގުލް ފޯރމް https://forms.gle/8ob8peRYT9Qgjpnu7  މިލިންކުން ފުރިހަމަ ކުރައްވާ ސަބްމީޓް ކުރެއްވުމުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަ ވާނެއެވެ.  މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އެސް.އެމް.އީ އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 23 ނޮވެމްބަރ 2021 އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑު ސެކިއުރިޓީ

މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00އަށް ވެލިދޫ ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

ފޯން : 6560010,6560056

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

75%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު

15%

  • މި ބައިގަމާކްސްދެވޭނީ ތަކެތި ގަނެ ފޯރުކޮށްދެވޭނެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Submitted Delivery Period / Benchmark Delivery Period) x Allocated Percentage

ތަޖުރިބާ

5%

  • ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަށް ކޮށްދީފައިވާ މިފަދަ (ވެހިކަލް ސަޕްލައިކުރުމުގެ) ޕްރޮޖެކްޓްތައް ނިންމިކަމުގެ ލިޔުމަށްބަލައި، މިބީލަމުގައި މަސައްކަތާއި ގުޅުންހުރި ކޮންމެ ޕްރޮޖެކްޓަކަށް 1 ޕޮއިންޓް، ފަސްލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.
  • ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. އަދިި މަސައްކަތުގެ އަގު 35،000.00ރ. (ތިރީސްފަސްހާސްރުފިޔާ) އިން ދަށުގެ ޕްރޮޖެކްޓްތަކަށްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

(Submitted years of experience / Benchmark years) x Allocated Percentage

ވޮރެންޓީ

5%

  • ހުށަހަޅާ ފަރާތުގެ ލެޓަރހެޑް ގައި ވޮރެންޓީ ލެޓަރ ހުށައަޅަންވާނެއެވެ. މި ސިޓީގައި ވޮރެންޓީގެ ދަށުން ކަށަވަރުކޮށްދޭނެ ކަންތައްތައް ބަޔާން ކޮށްފައި އޮންނަންވާނެއެވެ. މަދުވެގެން 6 މަސްދުވަހުގެ ވޮރެންޓީ ދޭންވާނެއެވެ. 6 މަސްދުވަހަށް ވުރެން ކުރުނަމަ ޕޮއިންޓް ނުދެވޭނެއެވެ.
  • އެންމެ ދިގު މުއްދަތެއް ހުށައަޅާފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް

(Submitted warranty period / Benchmark warranty) x Allocated Percentage

 

9 ރަބީޢުލްއާޚިރު 1443

14 ނޮވެމްބަރ 2021

14 ނޮވެންބަރު 2021
ހޯދާ