އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏ ‏އދ. ދިއްދޫ ލޭންޑް ޔޫސް ޕްލޭން މުރާޖަޢާކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ‏

އިޢުލާން
‏ ‏އދ. ދިއްދޫ ލޭންޑް ޔޫސް ޕްލޭން މުރާޖަޢާކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ‏
‏ އދ.ދިއްދޫ ލޭންޑް ޔޫސް ޕްލޭން މުރާޖަޢާކޮށް ބައެއް ބަދަލުތައް ގެންނާނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު: 354/354/2021/3ހ(IUL) (21 އޮކްޓޯބަރ 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ބީލަމެއް ލިބިފައިނުވާތީ، އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ. 
‏ ވީމާ، ތިރީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އދ. ދިއްދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް އަލުން ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގަކާއި މުއްދަތު ބަޔާންކޮށް 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. ސިޓީ ހުށައަޅުއްވާއިރު ހުށައަޅުއްވާ ފަރާތުގެ ވަނަވަރު ، އަދި ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިއުން ހުށައަޅުއްވަން ވާނެއެވެ.
 
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7937088 ނަންބަރަށް ގުޅުއްވުންއެދެމެވެ. (މާކްސް ދިނުމުގައި ބަލާނީ އަގަށް %70 އަދި މުއްދަތަށް %30 ދޭގޮތަށެވެ.)
އިތުރު މަޢުލޫމާތު:
1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާޢިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމުގެ އެންމެހާ މަރުޙަލާތަކެއް ގެންދިއުން                            
2. ކައުންސިލުން އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުން.
3. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށައަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
4. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު ފާސްކުރުމަށް ހުށައެޅުމުން، އިޞްލާޙުކުރުމަށް އަންގާ ކަންކަމާއި ގުޅޭ އެންމެހާ ބަދަލުތައް ލޭންޑްޔޫޒް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތްކޮށްދިނުން.
09 ރަބީޢުލް އާޚިރު 1443
14 ނޮވެމްބަރ 2021
 
 
          އަޙްމަދު މުޙައްމަދު    
                                  އދ.ދިއްދޫ ކައުންސިލްގެ ރައީސް
 
14 ނޮވެންބަރު 2021
ހޯދާ