އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް މުނިސިޕަލް މަސައްކަތުމީހުން ހޯދުން:

                                                 ނަންބަރު:(IUL)345/345/2021/176

 

އިޢުލާން

 މިކައުންސިލަށް މުނިސިޕަލް މަސައްކަތުމީހުން ހޯދުން:

 

 

މަޤާމް:

މުނިސިޕަލް މަސައްކަތު

ބޭނުންވާ އަދަދު:

2 (ދޭއް)           

މަޤާމުގެ ގިންތި (މުއްދަތު):

ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)

ސެކްޝަން:

ވޭސްޓް މެނޭޖްމަންޓް

ރަސްމީ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު

މުސާރަ:

-/4010

ޑިއުޓީ އަށް ނިކުންނަ ކޮންމެ ދުވަހަކަށް:

-/115 ރުފިޔާ

އިތުރުގަޑީ ފައިސާ:

ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކުރިއަށް ގެންދާ ކުނި ބެލެހެއްޓުމާބެހޭ މަސައްކަތްކުރުން.
  2. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބީޗް ކަހާ ސާފުކުރުން.
  3. ކައުންސިލުން ކުރިއަށްގެންދާ މުނިސިޕަލް މަސައްކަތްތައް ކުރުން.
  4. މީގެ އިތުރުންވެސް ކައުންސިލުން ކުރިއަށް ގެންދާ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

  1. އިންޓަވިއު

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 23 ނޮވެންބަރ 2021 އާއި 27 ނޮވެންބަރ  2021  އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
  3. ވަޒީފާ އަށް އެދި ހުށައަޅާ ފޯމް.
  4. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 22 ނޮވެންބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660059 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected]   އަށެވެ.

14 ނޮވެންބަރު 2021
ހޯދާ