މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިގުޅޭ

ނަމްބަރ: (IUL)297-AD/297/2021/81

އިޢުލާން

ނ.ވެލިދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިގުޅޭ

                  ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)297 /297/2021/05 (01 ފެބުރުއަރީ 2021) އިޢުލާނާއި ގުޅިގެން ''ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް'' ހުށަހެޅި ފަރާތްތަކުގެ ތެރެއިން ''ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު'' ގެ 16 ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު ގޯތި ކޮމެޓީން އެފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.

ވީމާ، މިދެންނެވި ލިސްޓުގައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެކަން ބަޔާންކޮށް 2021 ޑިސެމްބަރ 02 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ޝަކުވާއެއް ބަޔާންކޮށް މިއިދާރާއަށް ސިޓީއިން ނުވަތަ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާއާ ގުޅިގެން ޕޮއިންޓް ޝީޓަށް އަންނަ ބަދަލާ އެކު ދާއިމީ ލިސްޓް ޢާންމު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

05 ރަބީޢުލްއާޚިރު 1443           

10 ނޮވެމްބަރ 2021              

 

10 ނޮވެންބަރު 2021
ހޯދާ