މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ސަމާލުކަށް

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ސަމާލުކަށް

 

 ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް މިއިދާރާއިން ކުރި އިޢުލާން ނަމްބަރ (IUL)271-ESMS/2021/21 (24 ޖޫން 2021) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފްޟީލް ލިސްޓް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ގޯއްޗަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ސަމާލުކުމަށްޓަކައި ދެންނެވީމެވެ.

ވީމާ، މިލިސްޓާއި ގުޅޭ ގޮތުން އެއްވެސް ސަކުވާއެއް ވާނަމަ މިހިނގާ ނޮވެމްބަރ މަހުގެ 21 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ލިޔުމަކުން ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ސަކުވާ ހުށަހެޅުމަށް ދެންނެވީމެވެ.

 

ގުގުލް ފޯމް ލިންކް: https://forms.gle/gYQuu8FkLcKHRNkj9

 

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540041 އަށެވެ. އަދި މެއިލް ކުރައްވާނީ  [email protected] އަށެވެ.

 

 

 

04 ރަބީޢުލްއާޙިރު 1443

09 ނޮވެމްބަރ 2021

09 ނޮވެންބަރު 2021
ހޯދާ