ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ފުނާޑު ސެމީ ގޯޅީ ގައި ( ސެމީ ގޯތިން ފެށިގެން ޖަމާލުއްދީން ނާއިބުތުއްތު މަގާއި ހަމަޔަށް)  ނަންބަރު 01 ، 02 ޖަހާފައިވާ ބަނބުކެޔޮގަސް އަދި  ނަންބަރު 03،04،05، ޖަހާފައިވާ  ރުއްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، މިރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2021 ނޮވެންބަރު 17 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އެރުއްގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްތަކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން  (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

09 ނޮވެންބަރު 2021
ހޯދާ