އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓެއްކާސް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގެ އދ. އަތޮޅު މުބާރާތް ހޮސްޓްކުރުމުގެ އިންތިޒާމް ހަމަޖައްސާ ކޮމިޓީ އެކުލަވާލުން

ޓެއްކާސް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އދ. އަތޮޅު ރަށްތަކުގެ މެދުގައި ކުޅެވޭ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރަށުގައެވެ. މިރަށުގައި މިމުބާރާތް ބާއްވާއިރު ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށާއި މިފަދަ ކަންކަމާމެދު މަޝްވަރާކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވެއެވެ. މިކޮމިޓީ އެކުލެވިގެންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  • އދ. ފެންފުށީ ކައުންސިލްގެ އިދާރާ (ކައުންސިލްގެ ރައީސް އަދި ސެކްރެޓަރީ ޖެނެރަލް)
  • އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
  • އދ. ފެންފުށީ ސުކޫލް (ސްކޫލުން ކަނޑައަޅުއްވާ މުވައްޒަފެއް)
  • އދ. ފެންފުށީ ސިއްހީ މަރުކަޒު (ސިއްހީމަރުކަޒުން ކަނޑައަޅުއްވާ މުވައްޒަފެއް)
  • އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓް (މެޖިސްޓްރޭޓް ކޯޓް އިން ކަނޑައަޅުއްވާ މުވައްޒަފެއް)
  • އދ. ފެންފުށީ ސްޓެލްކޯ އިންޖީނުގެ (ސްޓެލްކޯ އިންޖީނުގެއިން ކަނޑައަޅުއްވާ މުވައްޒަފެއް)
  • ރަށުގައި ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ ތަކުގެ ތެރެއިން ކްލަބްޖަމްއިއްޔާތަކުން ހުށަހަލާ މެންބަރަކު
  • އާންމު ރައްޔިތުންގެ ތެރެއިން ހުށަހަޅާ 3 މެންބަރުން

      މިކޮމިޓީގެ އާންމު ރައްޔިތުންނަށް ކަނޑައެޅިފައިވާ ސްލޮޓްގައި ހިމެނި ވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ކްލަބް ޖަމިއްޔާތަކަށް ކަނޑައަޅާފައިވާ ސްލޮޓްގައި މެންބަރަކު ހިމެނުމަށް ޝައުގުވެރިވެލައްވާ ކްލަބްޖަމްއިއްޔާތަކުން 14 ނޮވެންބަރު 2021 ވާ އާދީއްތަ ދިވަހުގެ 13:00 ގެ ކުރިން މިކޮމިޓީގައި ހިމެނުމަށް ހުށަހަޅުއްވާ މެންބަރުގެ މައުލޫމާތު މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

      ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

08 ނޮވެންބަރު 2021
ހޯދާ