މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ މަގުތަކުގައި ލައިޓް ދަނޑި ހަރުކުރުމަށް ބުޑުތައް އަޅާދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ށ.ފޭދޫ މަގުތަކުގައި ލައިޓް ދަނޑި ހަރުކުރުމަށް ބުޑުތައް އަޅާދޭނެ ފަރާތެއް ހޯދުން

                  މިރަށު މަގުތަކުގައި ލައިޓް ދަނޑި ހަރުކުރުމަށް ބުޑުތައް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: (IUL)274/INDIV/2021/66 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

                  ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2021 ވަނަދުވަހުގެ 10:00 އަށް މިމަސައްކަތް ކޮށްދޭނެ އަގާއި މަސައްކަތް ނިންމޭނެ މުއްދަތު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                   މިމަސައްކަތާއިގުޅޭ މައުލޫމާތު ކަރުދާސް ސަރުކާރު ބަންދުނޫން ކޮމެދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މިމަސައްކަތައް އަގު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ތަކަށެވެ.                                                                                                                                                       

                    އަގު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ލައިޓް ދަނޑި ހަރުކުރާ ބުޑުއެޅުން.މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540045 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

 

08 ނޮވެންބަރު 2021
ހޯދާ