މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢިއުލާން

ވަޒީފާގެ ފުރުސަތު

 

މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:               01

މަޤާމުގެ ޤިންތި:              ވަގުތީ (އެއްއަހަރުގެ މުއްދަތަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:       މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާ/ ށ.ކޮމަންޑޫ

އަސާސީ މުސާރަ:            -/4200ރ

ސާރވިސް އެލަވަންސް:         -/1000ރ

އިތުރުގަޑި:                 ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 މަޤާމުގެ މައިގަނޑު      މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ބަދަރު  ބައްތި ބެލެހެއްޓުން. (ބައްތިތައް ހުރި ދިއްލިފައިތޯއާއި ނިވިފަ ހުރިތޯ ބެލުމާއި މަރާމާތު ކުރުން.)
  2. އިޖުތިމާޢީ މަގުބައްތިތައް ބެލެހެއްޓުން. (ބައްތިތައް ހުރި ދިއްލިފައިތޯއާއި ނިވިފަ ހުރިތޯ ބެލުމާއި މަރާމާތު ކުރުން.)
  3. ފެނަކަ ކޮމަންޑޫ ބުރާންޗާއި ވާހަކަ ދައްކައިގެން ބައްތިތައް ދިއްލުމުގެ ކަންކަން ހަމަޖެއްސުން.
  4. ބައްތިތައް ނުދިއްލޭނަމަ ކައުންސިލާއި ހިއްސާކޮށް އެކަމެއް ހައްލުކުރުމުގެ މަސައްކަތް ކުރުން.
  5. މަގުބައްތިތަކާއި ބަނދަރު ބައްތިތަކަށް ބޭނުންވާ ސާމާނު ހޯދުން. (ކައުންސިލްގެ ފައިސާ އާއި ބެހޭ ބައިން)
  6. އަންހެނުންގެ ކޮމިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
  7. އަންހެނުން ކޮމިޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  8. ކޮމިޓީގެ މެމްބަރުންގެ މުސާރަ ޝީޓް ހަދާ ކޮންމެ މަހެއްގެ 25 ގެ ކުރިން ކައުންސިލްގެ ފައިސާއާއި ބެހޭ ބަޔާ ހަވާލުކުރުން.
  9. އަންހެނުން ކޮމިޓީއިން ހިންގާ އެކި ޕްރޮގްރާމްތަކުގެ މަސައްކަތްތައް ރާވާ ހިންގުން.
  10. އަންހެނުން ކޮމިޓީއިން ކުރިއަށް ގެންދާ އިޖުތިމާއީ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުން އަދި ކުނިކަހާ މީހުންގެ ހާޒިރީ ބަލަހައްޓާ އެމީހުންނަށް ދޭންޖެހޭ ފައިސާގެ ހިސާބުތައް ކައުންސިލްގެ ފައިސާއާއި ބެހޭ ބަޔާ ހަވާލުކުރުން.
  11. އަންހެނުން ކޮމިޓީގެ ރިޕޯޓްތައް ފޮނުވުން.
  12. މިނޫނަސް ކައުންސިލުން އަންގާ އެންގުންތަކަށް އިހްތިރާމް ކުރުމާއި ކައުންސިލް މަސައްކަތުގައި އެހީތެރިކަމާއި އެއްބަރުލުން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތު:         1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

                    2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

                    3. ގުޅޭ މަސައްކަތު ތަޖުރިބާ

                                  

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1.   ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

 2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3.   ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 5.   ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ  ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ   ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6.   ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 8.   މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

 

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމަށް ބެލޭނެ   ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

 

 

 

 

 މަޤާމަށް އެދެންވީގޮތާއި      ސުންގަޑި:

 

  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެމްބަރ 2021 ގެ 13:00 ގެ ކުރިން،  ށ ކޮމަންޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި  އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،  އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ

ނަމަ،އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ނޮވެމްބަރ 2021އާއި 25 ނޮވެމްބަރ 2021 އާ ދެމެދު، ށ.ކޮމަންޑޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540027 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

                                  03 ރަބީޢުލްއާޚިރު  1443

                                   80 ނޮވެމްބަރ  2021

 

 

 

 

08 ނޮވެންބަރު 2021
ހޯދާ