ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. އޮމަދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢަށް ކަނޑައަޅާފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

މިރަށު ދެކުނުފަރާތުން އޯކިޑް މަގުގެ ދެކުނުން ހުސޭނީ ގޯޅިއާއި އާރު.ޑަބުލިޔު.އެޗް (ވާރޭފެން ރައްކާކުރާ ނިޒާމް ޤާޢިމްކޮށްފައިވާ ބިން) އާއި ދެމެދުގައިވާ ބިމާއި، އަދި ތ.އޮމަދޫ އޯކިޑް މަގުގެ ދެކުނުން ހުސޭނީ ގޯޅިއާއި ޑޭޒީމަގާއި ދެމެދުގައިވާ ބިމުގައިހުރި ރުއްގަހުގައި 1 އިން 244 އަށް ރަތް ކުލައިގެ ދަވާދުން ވާނީ ނަމްބަރު ޖަހާފައެވެ.

މިރުއްގަހުގެ ވެރިން ހޯދުމަށް މީގެކުރިންވެސް މިއިދާރާގެ ނަމްބަރު (IUL)394/394/2021/81 (03-10-2021)، (IUL)394/394/2021/93 (21-10-2021) މިދެއިޢުލާނުން ވާނީ ޢާއްމުކޮށްފައެވެ.

     ވީމާ،މިރުއްގަހުގެ ވެރިފަރާތެއްވާނަމަ އެއީ އެފަރާތުގެ ރުކެއްކަން އެނގޭނެ ދެހެކިންގެ ނަމާއިއެކު 21 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ހުށަހަޅާފައިނުވާ ރުއްގަސްއެއީ ވެރިންނެތްތަކެތި ކަމުގައިބަލާ އެރުއްގަސް ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

08 ނޮވެންބަރު 2021
ހޯދާ