ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. އޮމަދޫ ކުޑަކުދިންގެ ޕާރކް ހަދާ ބިމުގައިހުރި ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

                  މިރަށު މަސްތަކާގެއާއި، ފުފޫމާގޭ ގޯއްޗާއި ދިމާލުން ހަވީރީ ހިނގުމުގެ އުތުރުން  ކުޑަކުދިންގެ ޕާރކް ހެދުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގައި 1 އިން 73 އަށް ރަތް ކުލައިގެ ދަވާދުން ވާނީ ނަމްބަރު ޖަހާފައެވެ.

މިރުއްގަހުގެ ވެރިން ހޯދުމަށް މީގެކުރިންވެސް މިއިދާރާގެ ނަމްބަރު (IUL)394/394/2021/83 (04-10-2021)، (IUL)394/394/2021/94 (21-10-2021) މިދެއިޢުލާނުން ވާނީ ޢާއްމުކޮށްފައެވެ.

     ވީމާ،މިރުއްގަހުގެ ވެރިފަރާތެއްވާނަމަ އެއީ އެފަރާތުގެ ރުކެއްކަން އެނގޭނެ ދެހެކިންގެ ނަމާއިއެކު 21 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ހުށަހަޅާފައިނުވާ ރުއްގަސްއެއީ ވެރިންނެތްތަކެތި ކަމުގައިބަލާ އެރުއްގަސް ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

08 ނޮވެންބަރު 2021
ހޯދާ