ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 15

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

4 އޮކްޓޯބަރ 2021

ބައްދަލުވުން ބޭއްވި ގަޑި:

11:20

 

ނިންމުންތައް

  1. ކައުންސިލާއި ވަންދޫ ސްކޫލް ގުޅިގެން އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތައް ދަރިވަރުން ނެގުމަށް އޮޑިޝަނެއް ބޭއްވުމާއި އޮޑިޝަނަށް ބޭނުންވާ 3 ޖަޖުން ހިރިލަންދޫން ގެނައުމަށް ނިންމާ ކޮންމެ ބޭފުޅަކަށް 400 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ނިންމުން. އަދި އަތޮޅު މުބާރާތުގެ ޤަވާއިދާ އެއްގޮތައް އޮޑިޝަންގެ ހޮވޭ ދަރިވަރުންގެ މައުލޫމާތާއި ރިކޯޑިން ގަވައިދުފައިވާ ތާރީހުގައި ފޮނުވުމަށް ނިންމުން.
  2. 2021 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕީޓީއޭ އަށް އެއްބާރުލުން ދިނުމާއި ކޮންމެ ޓީޗަރަކަށް ހާއްސަ ގަލަމެއް ހަދިޔާކުރުން އަދި ބަޖެޓްގެ ގޮތުގައި 3816 ރުފިޔާ ކަނޑައެޅުމަށް ނިންމުން.
  3. ސިވިލްސަރވިސް ކޮމިޝަނުން ފޮނުވާފައިވާ ނަންފުޅު އަލީ ޝައްފާހް، ތ. ހިރިލަންދޫ ، އައިޑީކާޑް ނަންބަރު A285960 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް ނިންމުނު. އަދި މި ނިންމުން 5 އޮކްޓޯބަރ 2021 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރީން ކޮމިޝަނަށް ފޮނުވުމަށް ނިންމުނު

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

04 އޮކްޓޫބަރު 2021
ހޯދާ