އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމުގެ ރޭންކް:

ޖީ.އެސް.2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

 އެޑްމިން އެންޑް ފައިނޭންސް / ބަޖެޓް ޔުނިޓު

ފެންވަރު ނުވަތަ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން،  ނުވަތަ،
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމާ ގުޅޭ މަސައްކަތުގެ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގައި އެކައުންޓްސްއާއެކު މުޅިއެކު ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އަދި
  4. މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ފެކޭޖްތަކަށް ފަރިތަވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން.
  2. އޮފީހުން ބޭނުންކުރާ ކަރަންޓާއި ފެނާއި ފޯނާއި ފެކްހާއި އިންޓަރނެޓް ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދެއްކުން.
  3. ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާ ގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލުކޮށް ބެލެހެއްޓުމާއި ވައުޗަރ ރަޖިސްޓަރީ، އަޕްޑޭޓް ކުރުން.
  4. މަހަކު އެއްފަހަރު ބަޖެޓް ރިޕޯޓު ހެދުން.
  5. ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  6. އޮފީހުގެ ބަޖެޓާއި ފައިސާއާ ބެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  7. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
  8. އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

- އަސާސީ މުސާރަ: (މަހަކު) 7،000.00 ރުފިޔާ.

- ސަރވިސް އެލަވަންސް:    (މަހަކު): 3،000.00 ރުފިޔާ

- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ދައުލަތުގެ އިދާރާއެއްގައި ފައިސާއާއި ބަޖެޓާ ބެހޭ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިޔުޓިންގއަށް އަހުލުވެރިވެފައިވާ މިންވަރު

- މާލިއްޔަތު ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މަޤާމް :ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމުގެ ރޭންކް:

ޖީ.އެސް.2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ސެކްޝަން / ޔުނިޓު

 ޕްރޮގްރާމްސް އެންޑް ޑިވެލޮޕްމަންޓް / މޮނިޓަރިންގ އެންޑް މީޑިއާ ޔުނިޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ،
  2. ސާނަވީ އިމްތިޙާނުގެ "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ޙާޞިލުކޮށްފައިވުން، ނުވަތަ،
  3. ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  1. ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  2. މުޢާމަލާތު ކުރުމުގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވާރކްޝޮޕްތަކާއި ކޮންފަރެންސްތައް ރާވައި ވިލަރެސްކޮށް އަދި ހިންގުމުގެ އިންތިޒާމު ހަމަޖެއްސުން.
  2. މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލަށް ޖަވާބުދާރީވުން.
  3. މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ކުރުން
  4. ދައުލަތުގެ އިދާރާތަކުން މަޢްލޫމާތު ހާމަކުރާ މިންވަރު ދެނެގަނެ، ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރުން.
  5. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
  6. އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) 7،000.00 ރުފިޔާ.

-      ސަރވިސް އެލަވަންސް:    (މަހަކު): 3،000.00 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

-          ކޮމްޕިޔުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހެދުމަށް އަހުލުވެރިވެފައިވާ މިންވަރު.

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-          ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގއަށް އަހުލުވެރިވެފައިވާ މިންވަރު

-          ދަތުރު ފަތުރު ކުރެވޭނެ މީހަކު ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

08 ނޮވެންބަރު 2021 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް އިންޓަވިއު ކުރެވޭނީ މަގާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.

 

 ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

27 އޮކްޓޫބަރު 2021
ހޯދާ