އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޑިރެކްޓަރ، ލީގަލް އެފެއާޒް
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

އީ.އެކްސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް އެންޑް ރިސަރޗް

ފެންވަރު ނުވަތަ ޝަރުޠު:

  1. ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ، 
  2. ޝަރީޢަތާއި ޤާނޫގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުން
  3. ޤާނޫނީ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، އެ ދާއިރާގެ އިސް މަޤާމެއްގައި މަސައްކަތްކޮށް މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި މި މަޤުޞަދަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްނެގުމާއި ވިލަރެސް ކުރުން؛
  2. އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި އޮފީހުގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުން؛
  3. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި ކޮމިޝަނަރަށް އެހީތެރިވެދީ އެއްބާރުލުން ދިނުން
  4. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޮމިޝަނަރަށާއި އޮފީހުގެ ވެރީންނަށާއި މުވައްޒަފުންނަށް ލިބިދިނުން؛
  5. އޮފީހުގެ މުވައްޒަފުން އެމީހުންގެ ވަޒީފާގެ މަސައްކަތުގައި ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  6. އޮފީހާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި ކޮމިޝަނަރަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  7. އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ކޮމިޝަނަރަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް؛

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- އަދަބުވެރިކޮށް މީހުންނާ މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިއުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑަށް އަހުލުވެރިވެފައިވާ މިންވަރު.

- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރައާއި އެލަވަންސް

އަސާސީ މުސާރަ: (މަހަކު) -/11500 ރުފިޔާ.

އެލަވަންސް:    (މަހަކު): -/5500 ރުފިޔާ

ފޯނު އެލަވަންސް: (މަހަކު) -/350 ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

01 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

 

18 ރަބީޢުލްއައްވަލް 1443

24 އޮކްޓޫބަރު 2021
ހޯދާ