ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަމު ފުޓްބޯޅަ މުބާރާތް 2021

މި ކައުންސިލުން އިންތިޒާމް ކޮށްގެން ލ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ، "ގަމު ފުޓްބޯޅަ މުބާރާތް 2021"، 15 ޑިސެމްބަރ 2021 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ނޮވެމްބަރ 2021 އެވެ. ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ނޮވެމްބަރ 2021 އެވެ. ނަމަވެސް މޮނިޓރިންގެ ހާލަތެއް އަތުވެއްޖެނަމަ މުބާރާތް ބާއްވާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މިމުބާރާތުގައި ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިވާ، ޤަވާއިދަށްފެތޭ ކުލަބު ޖަމިއްޔާ ތަކުގެ އިތުރުން، ކައުންސިލް ތަކަށްވެސް ބައިވެރި ވެވޭނެއެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނާއި ހަވީރުއެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ލ. ގަން ޒޯން ސްޓޭޑިއަމް ގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް -/50000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/15000 ރުފިޔާގެ އިނާމް ދޭގޮތަށް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި ޓީމްލިސްޓް ހުށަހަޅާ ފޯރމް، އަދި މުބާރާތުގެ ޤަވައިދު 20 އޮކްޓޯބަރ 2021 އިން ފެށިގެން ގަމު ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ހުށަހަޅަންވާނީ ގަމު ކައުންސިލް އިދާރާގެ ކައުންޓަރ އަށެވެ.

14 އޮކްޓޫބަރު 2021
ހޯދާ