ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައިވާ ރުއްގަސް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

  1. ބަންޑާރަ މައިދާނު ރުއްގަނޑު
  2. ކެމްޕަހު ހުޅަނގު ރުއްގަނޑު
  3. ޖެންޑަރ ހުޅަނގު ރުއްގަނޑު
  4. އައިލެންޑް އެކްސްޕާޓް ދެކުނު ރުއްގަނޑު

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ތަންތަނުގައިވާ ރުއްގަސް ކުއްޔަށް ނެގުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރު 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

21 އޮކްޓޯބަރ 2021 ވާ (ބުރާސްފަތި)

11:00

 

 

ލިންކް: https://forms.office.com/r/GyL3dB72Ln

ބީލަމުގައި ރަޖިސްޓްރީ ކުރައްވާ "ރައްޔިތު ރުއްގަނޑުތައް ކުއްޔަށްހިފުމަށް އެދި ހުށަހަޅާ ފޯމް"  ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރ ކުރާ ފަރާތްތަކަށް ފޯމް މެއިލް ކުރެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

11 އޮކްޓޫބަރު 2021
ހޯދާ