މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކ.މާފުށި ޞިއްޙިމަރުކަޒަށް ފައިބަރ ނެޓްވޯރކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މާލެއަތޮޅު މާފުށި ކައުންސިލްގެ އިދާރާއިން ކ.މާފުށި ޞިއްޙީމަރުކަޒަށް ކޭބަލެއް އެޅުމަށްޓަކައި ކޯރުކޮނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތުސާފުކުރުމުގެ ބައްދަލުވުން އޮންނަނީ 2021 އޮކްޓޯބަރު 21 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މާފުށި ޞިއްޙީމަރުކަޒުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ނޮވެމްބަރ 02 ވާ އަންގާރަދުވަހު 13:00ގައި  މާފުށި ޞިއްޙީމަރުކަޒުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                             

                               05 ރަބީޢުލްއައްވަލް   1443 ހ

                                 11 އޮކްޓޯބަރ 2021 މ  

11 އޮކްޓޫބަރު 2021
ހޯދާ