ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލްގެ ވޯޑް އޭރިޔާ ފުރާޅުނަގައި ހީޓް އިންސިލޭޝަން ލައްވާ އަލުން ޓިނުޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑް އޭރިޔާ ފުރާޅުނަގައި ހީޓް އިންސިލޭޝަން ލައްވާ އަލުން ޓިނުޖެހުމުގެ މަސައްކަތާއި އެކަމާއި ގުޅޭ އެހެނިހެން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު (IUL)KRH-PLD/2021/69  (20 ސެޕްޓެންބަރު 2021) ނަންބަރު އިއުލާން ބާތިލުކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 11 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހުން ފެށިގެން 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް ގައެވެ.

  • މައުލޫމާތު ސާފުކުރުން

24 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގައި

  • އަންދާސީ ހިސާބު ހުށަހެޅުން

27 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހުގެ 10:30 ގައި

 

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

11 އޮކްޓޫބަރު 2021
ހޯދާ