މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) - ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު

`

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑު މެޖިސްޓްރޭޓް ކޯޓް

ށ. ކޮމަންޑޫ          

ދިވެހިރާއްޖެ          

 

އިޢުލާން

      

ވަޒީފާގެ ފުރުޞަތު

ނަންބަރ: C13C/2021/01

ތާރީޚް:  11  އޮކްޓޯބަރ 2021

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް: ޖީ.އެސް 3 

ކުލަސިފިކޭޝަން

އޮފިސަރ ގްރޭޑް - 1

މުއްދަތު: ވަޒީފާއަށް ނެރޭ ތާރީޚުން ފެށިގެން 06 މަސްދުވަހުގެ މުއްދަތަށް. އެހެންނަމަވެސް މި މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވޭ.

އަދަދު

01

މަޤާމު އޮތް ކޯޓު ނުވަތަ އިދާރާ

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465

އެލަވަންސް

-   ސާރވިސް އެލަވަންސް -/1500ރ

-   ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (890/-ރ)

-   ލިވިންގް އެލަވަންސް -/2550ރ

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

1-     ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،

2-     މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުޠު

1-     ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-  ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމު މައިގަނޑު މަސައްކަތްތައް

  1. ކޯޓަށް ހުށަހެޅޭ ލިޔެކިޔުންތަކުގެ އެންޓްރީ ކުރުމާއި، ޙާޟިރީ ބެލެހެއްޓުން އަދި ޔައުމިއްޔާ ލިޔުން.
  2. ޙާޟިރީ އާއި ޗުއްޓީގެ ރެކޯޑުތައް ސްފްޓްވެއަރ ތެރެއިން ބެލެހެއްޓުމާއި، އެކަމާއި ގުޅިގެން ހަދަންޖެހޭ އެންމެހައި ރިޕޯޓް ހެދުމުގެ މަސައްކަތް.
  3. ޝަރީޢަތާއި ގުޅިގެން ލިޔަންޖެހޭ ބަޔާންތައް ލިޔެ ބެލެހެއްޓުން.
  4. ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް ކުރުން.
  5. މައްސަލަތަކުގައި ލިޔަންޖެހޭ ޓްރާންސް ކްރިޕްޓް ލިޔެ ބެލެހެއްޓުން.
  6. ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  7. ޝަރީޢަތާ ގުޅޭ އެންމެހާ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.
  8. މުވައްޒަފުންނާއި، ވަޒީފާއާއި ބެހޭ އެންމެހައި މަސައްކަތް.
  9. ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަސައްކަތް.

10.ފައިސާބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް.

11.ވަރިކާވެނީގެ އެންމެހައި މަސައްކަތްކުރުން.

12.ހަމަޖެހިފައިވާ އުސޫލުން ކޯޓު ހުޅުވާ ލެއްޕުން.

13.އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤާވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތް ޤަވާއިދުން ކުރުން.

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޝަރީއަތާއި ޤާނޫނީ ދާއިރާ

މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް

1. ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން

2. ހިއުމަން ރިސޯސް

3. މެނޭޖްމަންޓް

4. ޝަރީޢާ / ޤާނޫނު

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް ކަޑައެޅިފައިވަނީ:

ކޮންޕިޓެންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

އިންޓަވިއު

50%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

ހުށަހަޅަންޖެހޭ ތަކެތި

1-  ފުރިހަމަ ކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް.

2-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓުގެ ކޮޕީ އާއެކު

5-  މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6-  މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔމާއެކު ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

7-  ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

8-  ޝަހާދާ ޘާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނަކުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޝަން އެކްރެޑިޓްކޮށް ހުށަހެޅުން.

ސުންގަޑި:

21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،24 އޮކްޓޯބަރ 2021 އާއި 28 އޮކްޓޯބަރ 2021 އާ ދެމެދުގައެވެ.

އިތުރު މަޢުލޫމާތު

 

 

 

 

-      މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-      އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

-      މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިޔުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

-      ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަޔަށް ހުށަހަޅާފައިނުވާ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވަހަކަ ދެންނެވީމެވެ.

-      ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި http://judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

-      ދިވެހިބަހުން ކޮންޕިއުޓަރުން ލިޔަން ފަރިތަ ފަރާތަކަށްވުން.

-      ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

-      ގިނަވަގުތު އޮފީހުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

-      މައިކްރޯސޮޕްޓް ވޯޑް، އެކްސެލް އެކަށީގެންވާ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

         

 

‏05‏ ރަބީޢުލްއައްވަލް 1443 

‏11‏  އޮކްޓޯބަރ   2021

 

 

 

 

11 އޮކްޓޫބަރު 2021
ހޯދާ