ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ޞިއްޙީމަރުކަޒު ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

       މިޞިއްހީމަރުކަޒުގެ އާއިމާރާތް އެޅުމަށްޓަކައި މިހާރު ބޭނުންކުރާ އިމާރާތް ތަޅާލަންޖެހޭތީ، ވަގުތީ ގޮތުން މި މަރުކަޒު ހިންގާނެ އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމަރުކަޒުގެ ނަމްބަރ 6780020 އަށް ގުޅުއްވުން އެދެމެވެ.

06 އޮކްޓޫބަރު 2021
ހޯދާ