ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯރކްޕާރމިޓް އާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މިއިދާރާއިން ބިދޭސީން ގެނައުމާއި ވިސާ/ޕާސްޕޯޓާއި ގުޅޭގޮތުން ކުރެވުނު ނަންބަރު (IUL)407/407/2021/31 :(21 ސެޕްޓެންބަރ 2021) އިޢުލާނަށް ދެވުނު މަޢުލޫމާތު ޝީޓުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް، މިއިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯރކްޕާރމިޓް އާކުރުމުގެ މަސައްކަތް މިލާދީ 3 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެކުރިން 7787473 ، 9883435 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

            މިބިޑް ހުށަހަޅުއްވާއިރު މިކަމަށް ދޫކުރެވުނު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.  

 

05 އޮކްޓޫބަރު 2021
ހޯދާ