ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީއަށް ދޫކުރި 2 ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

މިރަށު ބޮޑުތަކުރުފާނުމަގު (މަތިމަރަދޫ ބޮޑުމަގު) ގެ ދެކުނުން އަދި ސިނާއީ މަގުގެ ހުޅަނގުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަސް އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިމާއި، ޓުއަރިޒަމް ފެސިލިޓީ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ހިސާބުނެގުމަށްފަހު، ތިރީގައި މިވާގޮތަށް އެ ރުއްގަހުގައި މި އިދާރާއިން ނަންބަރު ޖަހައިފައިވާ ވާނެއެވެ.

1- ކެންޕަސް ގާއިމުކުރި ބިމުގައި ހުރި ރުއްގަހުގައި A1 އިން A241 އަށް، B1 އިން B169 އަށް، C1 އިން C216 އަށް، D1 އިން D156 އަށް، E1 އިން E150 އަށް، F1 އިން F102 އަށް، G1 އިން G91 އަށް، H1 އިން H235 އަށް، I1 އިން I114 އަށް، J1 އިން J128 އަށް، K1 އިން K159 އަށް، L1 އިން L79 އަށް މި ނަންބަރުތަކެވެ. 

2- ޓުއަރިޒަމް ފެސިލިޓީ އެޅުމަށްދޫކުރި ބިމުގައި ހުރި ރުއްގަހުގައި A1 އިން A299 އަށް، B1 އިން B66 އަށް، C1 އިން C372 އަށް މި ނަންބަރުތަކެވެ.

                 ވީމާ، މަތީގައިވާ ރުއްގަހުގެ ވެރިން އެ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމަށް ޓަކައި މި އިދާރާއިން ދޫކުރާ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 15 ނޮވެމްބަރ 2021 ގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ފޯމު މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ޑަވްންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ރުއްގަހުގެ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، ހުށަނާޅާ ރުއްގަހަށް ބަދަލުދިނުމެއް ހަމަޖެހިފައެއް ނުވާނެއެވެ.

04 އޮކްޓޫބަރު 2021
ހޯދާ